ސުވާލު

ކުޑަފިރިހެން ކުދިންގެ ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ابن القيم رحمه الله ވިދާޅުވެފައިވެއެވެ. ”ކުޑަފިރިހެން ކުދިންގެ ކަންފަތް ތޮރުފުމުގައި އެއްވެސް މަސްލަހަތެއް ނެތެވެ. އެއި އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއް ބުރިކޮށްލުން ކަހަލަ ކަމެކެވެ. އެކަމުގައި ދީނީގޮތުންވެސް އަދި ދުނިޔެވީގޮތުންވެސް ފައިދާއެއް އަދި މަސްލަހަތެއްވެސް ނެތެވެ. ވީމާ އެކަން ހުއްދައެއް ނުވާނެއެވެ.“

ބައްލަވާ: تحفة المولود (1/210)