ސުވާލު

ކަށުނަމާދުގައި އަންހެނުންނަށް ބައިވެރިވެވިދާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

އައްޝައިޙް އިބްނު ބާޒު رحمه الله ވިދާޅުވެފައިވެއެވެ. ”ކަށުނަމާދަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ކުރުމަށް ޝަރުޢު ކުރައްވާފައިވާ އަޅުކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”مَنْ شَهِدَ الجَنَازَةَ حَتَّى يُصَلِّيَ، فَلَهُ قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ، قِيلَ: وَمَا القِيرَاطَانِ؟ قَالَ: مِثْلُ الجَبَلَيْنِ العَظِيمَيْنِمتفق عليه މާނައީ: ”ކަށުނަމާދު ކުރެވެންދެން ޖަނާޒާގައި ބައިވެރިވެއްޖެ މީހާއަށް  ޤިރާޠެއްގެ ޘަވާބު ލިބޭނެއެވެ. އަދި ވަޅުލެވެންދެން ޖަނާޒާގައި ބައިވެރިވެއްޖެ މީހާއަށް ދެ ޤިރާޠުގެ ޘަވާބު ލިބޭނެއެވެ.“ އެކަލޭގެފާނުގެ އަރިހުން ސުވާލު ކުރެވުނެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! ދެ ޤިރާޠަކީ ކޮބައިތޯ އެވެ؟“ ޙަދީޘް ކުރެއްވި އެވެ. ”އެއީ ބޮޑުވެގެންވާ ދެ ފަރުބަދައިގެ މިންވަރެވެ.“

އަންހެން ކަބަލުންނަށް ނަޙީ ކުރެއްވިގެންވަނީ ޖަނާޒާގެ ފަހަތުން ޤަބުރުސްތާނަށް ދިޔުމެވެ.“

ބައްލަވާ: مجموع فتاوى ابن باز (13/134)