الحمد لله والصلاة والسلام على رسوله ، أما بعد :
ރުޅިއައިސްގެން ވަރިކުރުމުގެ ޤަޞްދެއް ނެތި ނަމަވެސް ވަރިކޮށްފިނަމަ ވަރިވާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”ثَلَاثٌ جِدُّهُنَّ جِدٌّ، وَهَزْلُهُنَّ جِدٌّ، النِّكَاحُ، وَالطَّلَاقُ، وَالرَّجْعَةُ“ أخرجه أبو داود والترمذي. މާނައީ: ”ތިން ކަމެއްގައި، ސަމާސާއަށާއި ސަމާސާ ކުރުމެއްނެތި ބުނާ ބަހަކީވެސް ސީރިއަސްކޮށް ބުނި ބަހެއްކަމުގައި ބެލެވޭނެއެވެ. އެއީ: ކައިވެޏާއި ވަރިއާއި ކައިވެނި ރުޖޫޢު ކުރުމެވެ.“
ވީމާ، ދިމާވާ ނުތަނަވަސްކަމުގެ ތެރޭގައި ވަރީގެ ބަސް ބޭނުން ކުރުމުން އެއްކިބާވާށެވެ. والله أعلم