ސުވާލު

ޙައިޞުގެ ދުވަސްވަރު ހެނދުނާއި ހަވީރުގެ ދުޢާތައް ކިއިދާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ޙައިޞުގެ ދުވަސްވަރު ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެހެނީ ޙައިޞުވެރިޔާއަށް ކުރުން މަނާވެގެންވަނީ ކީރިތި ޤުރްއާނުގައި ބިހުމާއި އަދި ނަމާދު ކުރުމާއި، ޠަވާފު ކުރުންފަދަ، ވުޟޫގެ މަތީގައި މެނުވީ އަދާ ނުކުރެވޭ އަޅުކަން އެކަންޏެވެ. والله أعلم