ސުވާލު

ދެއަނތްބަށް މީހަކާ އިންނަންވީމަ އިނދެގެން އުޅޭ މީހާގެ ކައިރިން ހުއްދަ ހޯދަންޖެހޭނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

”އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފުރަތަމަ އަނބިމީހާގެ ގާތުގައި އެކަމަށް ހުއްދަ ހޯދިނަމަވެސް އޭނާ އެ ކައިވެނި ކުރުމަށް ދެކޮޅު ހަދާނެއެވެ. އެކަމަކު ކައިވެނީގެ ޝަރުޠުތަކުގެ ތެރޭގައި ފުރަތަމަ އަނބިމީހާގެ އިޛުނަ ހޯދުން ނުވެއެވެ. އަދިކިއެއްތަ، ފުރަތަމަ އަނބިމީހާގެ ކިބައިން އިޛުނަ ހޯދުމަށް އެދުމުން އެކަމަށް ދެކޮޅު ހެދިކަމަށްވިޔަސް ފިރިމީހާއަށް އިތުރު ކައިވެންޏެއް ކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް މިފަދަ ކަންތައްތަކުގައި ފުރަތަމަ އަނބިމީހާއާއި މަޝަވަރާކޮށް އޭނާ ރުއްސާ އެކަން އޭނާއަށް ވިސްނައިދިނުމަކީ އެދެވިގެންވާކަމެކެވެ.“

ބައްލަވާ: فتاوى نور الدرب، منقّول من موقع الإسلام سوال وجواب: https://islamqa.info/ar/218759