الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”އެތައް ސަބަބުތަކަކާއި ހުރެ، ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން ހުއްދަވެގެން ނުވެއެވެ.“
ފުރަތަމަ ސަބަބު: އެއީ ޝަރުޢީ އެއްވެސް އަޞްލެއް އެކަމުގައި ނެތް، އަލަށް ހަދައިގެން އުޅޭ ބިދުޢަވެރި ޢީދެކެވެ.
ދެވަނަ ސަބަބު: އެދުވަހު ގޮވާލަނީ ކަނުލޯތްބާއި އިޝްޤީ ބަލިމަޑުކަމުގެ ތެރެއަށް ވަނުމަށެވެ.
ތިންވަނަ ސަބަބު: މިފަދަ ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ މިއުއްމަތުގެ ސަލަފުއްޞާލިޙުން ދިރިއުޅުއްވި ގޮތެއްނޫނެވެ.
ބައްލަވާ: مجموع فتاوى الشيخ ابن عثيمين (16/199)