ސުވާލު

އީމާންތެރިކަން ބަލިކަށިވާނަމަ ކުރާނެކަމަކީ ކޮބައިތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ތިބާގެ މައްޗަށްވަނީ ޤުރްއާން ކިޔެވުމާއި، އެ ފޮތުގެ އާޔަތްތަކާމެދު ވިސްނާފިކުރު ކުރުމާއި، އެފޮތާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. އަދި محمد صلى الله عليه وسلم ގެ ޙަދީޘްތައް ކިޔާ ހެދުމެވެ. އަދި ޢަޤީދާގެ ޢިލްމާއި ފިޤްހު ޢިލްމު އުގެނިގަތުމެވެ. އަދި ތިބާގެ މައްޗަށްވަނީ ޞާލިޙު ޢަމަލުތައް ކުރުން ގިނަކުރުމާއި، ހެޔޮމީހުންނާއެކު ވަގުތު ހޭދަކުރުމެވެ. އަދި ﷲ ގެ ޛިކުރުފުޅުތައް ކިޔައިގެންނާއި އިސްތިޣްފާރުކުރުން ގިނަކޮށްގެން ޝައިޠާނާގެ ވަސްވާސްތައް ދުރުކޮށްލުމެވެ. އަދި އިސްވެކުރެވުނު ކަންކަން ޙިސާބުކޮށް، ފާފަކުރެވިފައިވާނަމަ ތަޢުބާވެ، އެ ފާފަތަކުން ދުރުވެ، އެފަދަ ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމުކުރުމެވެ. والله أعلم

ބައްލަވާ: اللجنة الدائمة (3/188، 1216)