ސުވާލު

އަޅަކު އޭނާގެ ވެރި ރައްބު ދެކެ ލޯބިވާކަމުގެ ޢަލާމާތަކީ ކޮބާތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އަޅާކު އޭނާގެ ވެރި ރައްބު ދެކެ ލޯބިވާކަމުގެ ޢަލާމަތަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވާ ކަންތައްތަކަށް އެފަދަ މީހަކު ލޯބިކުރާނެއެވެ. އަދި އެއިލާހު ރުހިވޮޑިގެންނުވާ ކަންތައްތަކަށް އެމީހަކު ނުރުހޭނެއެވެ. ފަހެ، އެހައިރުން އެމީހަކު އެއިލާހު އަމުރުކުރެއްވި ކަންތައްތައްކޮށް، އަދި އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ އެއްކިބާވާނެއެވެ. އަދި އެމީހަކު ވާނީ އެއިލާހު ދެކެ ލޯބިވާ މީހުންނާ އެކީގައެވެ. ހަމައެފަދައިން އެއިލާހުގެ ޢަދާވާތްތެރިންދެކެ އެފަދަ މީހަކު ޢަދާވަތްތެރިވާނެއެވެ. ﷲ އަށްޓަކައި ލޯބިވުމާއި، އެއިލާހަށްޓަކައި  ރުޅިއައުމަކީ އީމާންކަމުގެ އެންމެ މަތިވެރި ހަރުފަތްކަމުގައި ވެފައިވަނީ މިސަބަބާހުރެއެވެ.

ބައްލަވާ: أعلام السنة المنشورة الحافظ الحكمي، سوال رفم: 6