ސުވާލު

النبي صلى الله عليه وسلم ގެ އާލްބައިތުންނޭ ކިޔެނީ ކޮންބަޔަކަށްތޯ؟

އާލު ބައިތުންނަކީ النبي صلى الله عليه وسلم ގެ ދަރިދަރިކަލުންނާއި ކަނބަލުންނާއި އެބޭކަލުންގެ ދަރިފަސްކޮޅާއި އެކަލޭގެފާނުގެ އެންމެހާ އަނބިއަނބިކަނބަލުންނާއި އަދި އެކަލޭގެފާނުގެ މުނިކާފަ ހާޝިމުގެ ދަރިފަސްކޮޅު ބަނޫހާޝިމުންނާއި ހާޝިމުގެ ބޭބެ އަލްމުއްޠަލިބުގެ ދަރިފަސްކޮޅާއި އަދި އެމީހުން މިނިވަން ކޮށްފައިތިބޭ އަޅުންމެވެ. والله أعلم