ސުވާލު

النبي صلى الله عليه وسلم ކުރެއްވީ ކިތައް ޢުމުރާތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

النبي صلى الله عليه وسلم ކުރެއްވީ ހަތަރު ޢުމްރާއެވެ. އެއީ ހިޖްރައިން 6 ވަނަ އަހަރު ކުރެއްވި ހުދައިބިއްޔާގެ ޢުމުރާ އާއި 7 ވަނަ އަހަރު ކުރެއްވި ޢުމުރަތުލްޤަޟާ އާއި 8 ވަނަ އަހަރު ހުނައިނު ހަނގުރާމައަށްފަހު ކުރެއްވި ޢުމުރާ އާއި ދެން ޙައްޖަތުލްވަދާޢުގައި ކުރެއްވި ޢުމުރާއެވެ. والله أعلم