ސުވާލު

ވުޟޫ ކުރާއިރު ނިޔަތް ގަންނާނީ މޫނަށް ފެންލާއިރުތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ކޮންމެ އަޅުކަމެއްވެސް ޞައްޙަވާނީ ނިޔަތާއެކުގައެވެ. ނިޔަތަކީ އަޅުކަން ފަށައިގަތުމުގެ ކުރިން އެ އަޅުކަން ކުރުމަށް ޤަޞްދުކުރުމެވެ. ވީމާ، ވުޟޫ ކުރުމަށް އެދޭމީހާ ވުޟޫ ކުރަން ޤަޞްދު ކުރާހުށީ ފެށުމުގެ ކުރިންނެވެ. والله أعلم