ސުވާލު

ތަޙިއްޔަތުލް މަސްޖިދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ތަޙިއްޔަތުލް މަސްޖިދު ނުވަތަ މިސްކިތައް ވަދެ އިށީންނުމުގެ ކުރިން ކުރާ ދެރަކްޢަތް ނަމާދަކީ ސުންނަތް ވެގެންވާ ދެ ރަކްޢަތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

قال النبي صلى الله عليه وسلم : فَإِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ(متفق عليه)  މާނައީ: ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ، ދެ ރަކުޢަތް ކުރުމުގެ ކުރިން ނުއިށީންނަ ހުށިކަމެކެވެ.“