ސުވާލު

ނަމާދުކުރުން ނަހީކުރެއްވިގެންވާ ވަޤުތުތަކަކީ ކޮބައިތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ނަމާދު ކުރުން ނަހީކުރެއްވިގެންވާ ވަޤުތުތަކަކީ، ފަތިސް ނަމާދަށް ފަހުގައި އިރު އެރުމާދެމެދު އޮތް ވަޤުތާއި، އިރު އަރަމުންދާ ވަޤުތާއި، އިރު މެދުޖެހޭ ވަޤުތާއި، ޢަޞްރު ނަމާދަށްފަހު އިރު އޮއްސެންދެން އޮންނަ ވަޤުތާއި އަދި އިރު އޮއްސެމުންދާ ވަޤުތެވެ. والله أعلم