ސުވާލު

ރަޖަބު މަހުގައި ވަކި ޚާއްސަ ރޯދައެއް ނުވަތަ ނަމާދެއްކުރުމަށް އޮވޭތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ރަޖަބު މަހަކީ ޙުރުމަތްތެރި މައްސަރެއްކަމުގައި އައިސްފައިވެއެވެ. ނަމަވެސް ރަޖަބު މަހު ހިފުމަށް ވަކި ޚާއްސަ ރޯދައެއް ނުވަތަ ކުރުމަށް ވަކި ޚާއްސަ އަޅުކަމެއް އައިސްފައެއް ނުވެއެވެ. والله أعلم