ސުވާލު

ރަމަޟާން މަހު ގެއްލުނު ރޯދައިގެ ޢަދަދާއިމެދު ޝައްކުވެއްޖެނަމަ އެ ރޯދަތައް ޤަޟާކުރާއިރު ޢަމަލުކުރާނީ ކިހިނެތް؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

މިމައްސަލާގައި الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. ”މީހަކަށް ރޯދަ ޤަޟާކުރަންޖެހޭ ޢަދަދާއިމެދު ޝައްކުވެއްޖެނަމަ އެ ޢަދަދުގެ މަދުމިނުގައި ހިފާށެވެ. މިސާލަކަށް އަންހެނަކު ނުވަތަ ފިރިހެނަކު އޭނާގެ މައްޗަށް ޤަޟާކުރަން ޖެހެނީ 3 ރޯދަތޯ ނުވަތަ 4 ރޯދަތޯ އާއިމެދު ޝައްކުވެއްޖެނަމަ 3 ރޯދަ ހިފުމުން ފުދޭނެއެވެ. އެއީ މަދުމިންވަރަކީ ޔަޤީނުންވެސް ކަނޑައެޅޭނެ ޢަދަދެކެވެ. ނަމަވެސް ޝައްކުވަނީ އެއަށްވުރެ ގިނައިންތޯ ނުވަތަ ނޫންތޯއެވެ. އެހެންނަމަވެސް މި މިސާލުގައި 4 ރޯދަ ހިފުމަކީ ރައްކާތެރި ގޮތެކެވެ.“

ބައްލަވާ: فتوى نور على الدرب