ސުވާލު

ކުރީގައި ބޮޑެތި ފާފަތަކެއް ކޮށްފައިވާ މީހަކަށް، ތައުބާވުމަށްފަހު މިސްކިތެއްގެ އިމާމަކަށް ވެވިދާނެތަ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އެފަދަ މީހަކު މިސްކިތެއްގެ އިމާމުކަންކުރުމަކީ މައްސަލައެއް ނޫނެވެ. ތައުބާވުމަކީ އިސްކުރެވުނު ފާފަތައް ފުހެލާކަމެކެވެ. ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. ”التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ(ابن ماجه وحسنه الألباني) މާނައީ: ”ފާފަތަކުން ތައުބާވެއްޖެ މީހާ، ފާފައެއް ނުކުރާ މީހެއް ފަދައެވެ.“

ބައްލަވާ: فتاوى اللجنة الدائمة (10618)