ސުވާލު

ކާފިރުންގެ ދީނީ ޢީދުތަކުގައި އެބައިމީހުން ބަހާ ހަދިޔާ މުސްލިމަކު ބޭނުންކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އެފަދަ ދުވަސްތަކުގައި އެބައިމީހުން ބަހާ ހަދިޔާތައް މުސްލިމަކު ޤަބޫލުކޮށް، އޭގެ ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެފަދަ ހަދިޔާތައް ޤަބޫލުކުރުމަކީ އެބައިމީހުންގެ ބާޠިލު ޢަމަލުތަކަށް އިޤުރާރުވެ، އެކަމަށް ރުހޭކަމަށް ދަލާލަތުކުރާ ކަމެކެވެ.

ބައްލަވާ: فتاوى اللجنة الدائمة (20400)