ސުވާލު

އަމިއްލަ ނަފްސު ހޭނުވުމުގެ ގޮތުން، އިސްތިޣްފާރު ކުރުންފަދަ ވަކި ޛިކުރެއް، ވަކި ޢަދަދަކަށް ކޮންމެ ދުވަހަކު ކިޔަން އަމިއްލައަށް ކަނޑައެޅުން ބިދުޢައަކަށް ވާނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޢާއްމުކޮށް ގިނައިން ކިއުމަށް އައިސްފައިވާ ޛިކުރުތަކާއި، އިސްތިޣްފާރުކުރުމާއި، محمد صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުންފަދަ ކިޔުންތައް އަމިއްލައަށް ކޮންމެ ދުވަހަކު ވަކި ޢަދަދެއް ކަނޑައަޅައިގެން ކުރިއަށް ގެނދިއުން ބިދުޢައަކަށް ނުވާނެއެވެ. އެހެންނަމަވެސް، އެ ކަނޑައަޅާ ޢަދަދަކީ، އެ ޢަދަދެއް ހަމަކުރުމުން ވަކި ޚާއްޞަ މާތްކަމެއް ލިބޭނެކަމެއްކަމުގައި ދެކިއްޖެނަމަ ބިދުޢައަކަށް ވާނެއެވެ. والله أعلم