ސުވާލު

މިސްކިތެއްގައި ގަބުރެއްވާނަމަ އެތަނުގައި ނަމާދުކުރެވިދާނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

މިސްކިތެއްގައި ގަބުރެއްވާނަމަ، އެފަދަ މިސްކިތެއްގައިކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެހެނީ އެއީ ނަބިއްޔާ صلى الله عليه وسلم ނަހީ ކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. فَلآ تَتَّخِذُوا الْقُبُورَ مَسَاجِد(رواه مسلم) މާނައީ: ”ފަހެ ގަބުރުތައް ހުންނަ ތަންތަން މިސްކިތްތައްކަމުގައި ނުހަދާށެވެ.“ އަދި އެއީ ޝިރުކުކުރުމަށް ހުޅުވިގެންދާ ދޮރެކެވެ.

ބައްލަވާ: فتاوى اللجنة الدائمة (16645)