ސުވާލު

ފިތުނަތައް ގިނަވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންތެރިކަން ވަރުގަދަކުރާނީ ކިހިނެއްތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ވަރަށް ގިނަ ގޮތްގޮތުން އީމާންތެރިކަން ވަރުގަދަ ކުރެވިދާނެއެވެ. އެގޮތުން ﷲ ތަޢާލާއަށް ކިޔަމަންގަތުމާއި އެއިލާހު ޙަރާމްކުރެއްވި ކަންތައްތަކުން ދުރުހެލިވުމާއި ޞާލިޙުމީހުންނާއެކު ވަގުތުތައް ހޭދަކުރުމާއި ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވައި އޭގެ މާނައާއެކު ވިސްނާފިކުރުކުރުމާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތްތައް ބަޔާންކޮށްފައިވާ ފޮތްތައް ކިޔުމާ އަދި ގިނަގިނައިން ﷲ ހަނދުމަކޮށް އެއިލާހުގެ ޙަޟްރަތަށް ދުޢާ ކުރުމީ އީމާންތެރިކަން ވަރުގަދަ ކޮށްދޭ ބައެއް ކަންކަމެވެ.

ބައްލަވާ: فتاوى اللجنة الدائمة (16596)