ސުވާލު

އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނޭ ބުނެވޭބަހުގެ މުރާދަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އޭގެ މުރާދަކީ ﷲ ތަޢާލާ މިދީނުގައި ލައްވާފައިވާ އެންމެހާ އަޅުކަންތަކާއި މުޢާމަލާތްތަކުގައި މީސްތަކުންނަށް އެއްވެސް ގެއްލުމެއް ނުވާކަމެވެ. އަދި އެކަންކަން ޝަރުޢު ކުރައްވާފައިވަނީ އިންސާނުންނަށް ކުޅަދާނަކަން ލިބިގެންވާ ހުދޫދުގެ ތެރެއިންނެވެ. ﷲ ތަޢާލާ ވާޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ!“(التغابن 16) މިސާލެއްގެ ގޮތުން، ބަލިމީހުންނަށާއި ދަތުރުވެރިންނަށް ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމަށްފަހު އެހެން ދުވަސްތަކެއްގައި ޤަޟާކުރުމުގެ އިޚްތިޔާރުވަނީ އިސްލާމީ ޝަރީޢަތުގައި ދެއްވާފައެވެ.

ބައްލަވާ: فتاوى اللجنة الدائمة (10665)