الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ނަމާދު ނިމުމުން އިމާމު މީހާއާއެކު އަޑުހަރުކޮށް ޖަމާޢީގޮތެއްގައި ދުޢާކުރުމާ އަދި އިމާމުމީހާ ދުޢާކުރުމުން މައުމޫމުން ”އާމީން“ ކިޔުމަކީ ބިދުޢައެކެވެ. (އެބަހީ: ދީނަށް އަލަށް ތަޢާރަފުކުރެވިފައިވާ ކަމެކެވެ.) އެއާ ޚިލާފަށް ނަމާދު ނިމުމަށްފަހު ކޮންމެ މީހަކަށްވެސް އަޑުއުފުލުމަކާ ނުލާ، އެކަނި ދުޢާކުރެވިދާނެއެވެ.