الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
އޭގެ މުރާދަކީ މުސްލިމުންގެ ދުނިޔަވީ ކަންކަމާ އަދި ދީނީ ކަންކަން އެކަމަށް ޤާބިލުނޫން މީހުންނާ ހަވާލުކުރެވޭނެއެވެ. އެހެނީ ކަމެއްގެ މަސްޢޫލިއްޔަތަކީ އަމާނާތެކެވެ. އަދި ކަމަކަށް އެކަށީގެންނުވާ މީހަކާ އެކަން ޙަވާލުކުރުމަކީ ޚިޔާނާތެކެވެ. އޭގެ ސަބަބުން ކަންކަން ގޯސްވެ ޙައްޤުތައް ގެއްލިގެންދެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނާގައިވެއެވެ. ”ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިއެކެވެ.“ (القصص 26) އެގޮތުން ކަންކަން ޙަވާލުކުރެވޭ މީހުންނަކީ ތަންފީޛުކުރުމުގައި ބާރުވެރި އަދި ކަމަށް އަމާނަތްތެރި ބަޔަކަށް ވާންޖެހޭނެއެވެ.
ބައްލަވާ: فتاوى اللجنة الدائمة (18072)