ސުވާލު

ފަހު ޒަމާނުގައި ފާޅުވާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުހްނަކީވެސް ހަމަ އިންސާނުން ހެއްޔެވެ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީވެސް ހަމަ އާދަމް عليه السلام ގެ ދަރިފަސްކޮޅުން އަންނާނެ ބޮޑު ދެޖަމާޢަތެވެ. އެއުރެން ފާޅުވާހުށީ ފަހުޒަމާނުގައެވެ. އެއުރެން ބިމުގައި ފަސާދަކުރުމުން، ﷲ ތަޢާލާ އެއުރެން ހަލާކު ކުރައްވާނެއެވެ. އެކަން ހިނގާނީ ޢީސާ عليه السلام ބިމަށް ފާބައިވަޑައިގަންނަވާ ދުވަސްވަރެވެ. އަދި އެބައިމީހުން ފާޅުވުން ހިމެނިފައިވަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. މިކަންކަންވަނީ ކީރިތި ޤުރުއާނުންނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައެވެ.

ބައްލަވާ: فتاوى اللجنة الدائمة (18645)