ސުވާލު

ރުކޫއިން ތެދުވަމުން سمع الله لمن حمده ކިޔުމުގެ ބަދަލުގައި، އޮޅިގެން الله اكبر ކިޔައިފިމީހަކު ޢަމަލުކުރާނީ ކިހިނެއްތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ރުކޫއިން ތެދުވަމުން سمع الله لمن حمده ކިޔުމަކީ ނަމާދުގެ ވާޖިބެކެވެ. އެހެނީ އެކަމަކީ ދާއިމީ ގޮތެއްގައި ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާކަމެކެވެ. އިމާމަކު ނުވަތަ އެކަނި ނަމާދުކުރާމީހަކުވިޔަސް سمع الله لمن حمده ކިޔުމަށް ހަނދާން ނެތިއްޖެނަމަ، އޭނާއަށް އޮތީ ނަމާދަށް އެއައި އުނިކަމަށްޓަކައި ކުށު ސަޖިދަ ކުރުމުވެ.

ބައްލަވާ: فتاوى اللجنة الدائمة (16863)