ސުވާލު

ހެޔޮ ޢަމަލުކުރުމުން އީމާންތެރިކަން އިތުރުވެފައި ފާފަކުރުމުން އީމާންތެރިކަން މަދުވޭތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ހެޔޮ ޢަމަލުކުރުމުން އީމާންތެރިކަން އިތުރުވެފައި ފާފަކުރުމުން އީމާންތެރިކަން މަދުވާކަމަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ. ”މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެއިލާހު (ބާވާލެއްވި) އާޔާތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ.“ (الأنفال 2)

ބައްލަވާ: فتاوى اللجنة الدائمة (17557)