الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
މީސްތަކުންނަށް އޮޅުވާލައިގެން އެފަދަ އެއްޗެތި ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ ބޮޑު ފާފައެކެވެ. އެއީ ކިޔެވުމުގައި ކުރިޔަށް ދިޔުމުގެ ނިޔަތުގައި ނުވަތަ އެފަދަ ރަނގަޅު އެހެން ނިޔަތެއްގައި ކުރިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!“ (الحج 30)
ބައްލަވާ: فتاوى اللجنة الدائمة (4367)