الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ހުކުރު ނަމާދު ޤާއިމުކުރުމަށްޓަކައި ޖަމާޢަތަށް މަދުވެގެން ސާޅީސް މީހުން ހާޟިރުވާން ޖެހޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް މިކަމުގައިވާ ދަލީލުތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ސާޅީސް މީހުން ހަމަނުވިޔަސް ހުކުރުނަމާދު ކުރެވޭނެކަމެވެ. والله أعلم
ބައްލަވާ: مجموع فتاوى لإبن باز (25/195)