ސުވާލު

ރޯދަވެރިންނަށް ރޯދަވީއްލުން ދިނުމަށް ބާރުއެޅިފައިވާ ޙަދީޘްތަކުގެ މުރާދަކީ ރޯދަވެރިންކުރެ ހަމައެކަނި ފަޤީރުންނަށް ރޯދަވީއްލުން ދިނުންތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އެ ޙަދީޘްތައް އައިސްފައިވަނީ ޢާންމުކޮށެވެ. އެކަމުގައި ފަޤީރުންނާއި މުއްސަދިންވެސް ހިމެނޭނެއެވެ. އަދި ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް މެއެވެ. والله أعلم

ބައްލަވާ: مجموع فتاوى لإبن باز (25/207)