ސުވާލު

ނަމާދުގައި ކުށެއް ކުރެވި، ކުށުސަޖިދަޖަހަން ހަނދާންނެތިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއްތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ކުށުސަޖިދަ ޖަހަން ހަނދާންވީ ނަމާދުކޮށް ނިމުނުތާ މާގިނައިރުތަކެއް ނުވަނީސްކަމުގައިވާނަމަ ކުށުސަޖިދަ ޖަހާނީއެވެ. ގިނައިރުތަކެއް ފަހުން ހަނދާންވެއްޖެނަމަ ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ނަމާދު ޞައްޙަވާނެއެވެ. والله أعلم