ސުވާލު

ނަމާދުގައި އަބަދު ޝައްކުވާތީ ކުށުސަޖިދަ ޖަހަންޖެހެއެވެ. މި ޙާލަތުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އަބަދު ނަމާދުގައި ޝައްކުވާނަމަ، އެ ޝައްކުތަކަށް އަޅާލުމެއްނެތެވެ. އަދި ކުށުސަޖިދަ ޖެހުމެއްވެސް ނެތެވެ. ޝައްކު ގިނައިން އައުމަކީ، އަދި ޝައްކުތަކަށް ގިނަގިނައިން އަޅާލުމަކީ ޝައިޠާނާގެ ވަސްވާސް އިތުރުވާނެކަމެކެވެ. والله أعلم