ސުވާލު

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
އަބަދު ނަމާދުގައި ޝައްކުވާނަމަ، އެ ޝައްކުތަކަށް އަޅާލުމެއްނެތެވެ. އަދި ކުށުސަޖިދަ ޖެހުމެއްވެސް ނެތެވެ. ޝައްކު ގިނައިން އައުމަކީ، އަދި ޝައްކުތަކަށް ގިނަގިނައިން އަޅާލުމަކީ ޝައިޠާނާގެ ވަސްވާސް އިތުރުވާނެކަމެކެވެ. والله أعلم

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އޮޅުމާއި، ހަނދާން ނެތުމާއި، ޝައްކުވުމަކީ ކޮންމެ މީހަކަށްމެ ކުރިމަތިވެދާނެ ކަމެކެވެ. އިމާމު މީހާއަށްވެސް އޮޅުމަކީ އިންސާނެއްގެ ހައިސިއްޔަތުން ބަލާއިރު ވެދާނެކަމެކެވެ. ޚުދު ނަބިއްޔާ صلى الله عليه وسلم އަށްވެސް ނަމާދު އޮޅިވަޑައިގެންފައިވެއެވެ. ކުށެއް ކުރެވުމުން، އިމާމު މީހާއަށް އެއްޗެހިގޮވާ ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ނަމާދުގައި ކުށެއް ކުރެވުމުން ކަންތައްކުރާނެގޮތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. والله أعلم