ސުވާލު

ކުށުސަޖިދަ ޖަހަންޖެހޭނީ ހަމައެކަނި ފަރުޟުނަމާދުތަކުގައި އެކަނިތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ސުންނަތް ނަމާދެއްގައިވެސް ކުށުސަޖިދަ ޖަހަންޖެހޭފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ ކުށުސަޖިދަ ޖެހުމަކީ ޝަރުޢުވެގެންދާ ކަމެކެވެ. والله أعلم