ސުވާލު

ކުށުސަޖިދަ ޖަހާއިރު، ދެ ސަޖިދައިގައާއި ދެސަޖިދަ ދެމެދުގައި ކިޔާނީ ކޮން ޛިކުރެއްތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ކުށު ސަޖިދައިގެ ދެ ސަޖިދައިގައާއި، ދެސަޖިދަ ދެމެދުގައި ވަކި ޚާއްޞަ ޛިކުރެއް ކިޔުމަށް ވާރިދުވެފައެއް ނުވެއެވެ. އެހެންކަމުން، އެ ސަޖިދަ ތަކުގައާއި، ދެ ސަޖިދަ ދެމެދުގައި ކިޔާނީ ހަމަ ޢާއްމުކޮށް ނަމާދުގެ ސަޖިދައިގައާއި ދެސަޖިދަ ދެމެދުގައި ކިޔާ ޛިކުރުތަކެވެ. والله أعلم