الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ކީރިތި ޤުރުއާނުގެ އާޔަތްތައް ބޭނުންކޮށްގެން ހަދާފައި ހުންނަ ތަވީދުތައް އެޅުމާމެދު ޢިލްމުވެރިންގެ އެންމެ ޞައްޙަ ބަސްފުޅަކީ އެއީ ހުއްދަކަމެއް ނޫނެނެ. އޭގެ ސަބަބުތަކަކީ:
- ތަވީދުއެޅުން ނަހީކުރައްވާފައިވާ ބަސްފުޅުތަކުގައި އެފަދަ ތަވީދުތައް އިސްތިޘްނާ ކުރެވިފައި ނުވުން
- އެއީ ޝިރުކުގެ ޢިބާރާތްތައް ބޭނުންކޮށްގެން ހަދާފައިވާ ތަވީދުތައް ހެދުމަށް ހުޅުވިގެންދާ ދޮރެއް
- އެފަދަ ތަވީދުތައް އަޅައިގެން އުޅޭއިރު ކީރިތި ޤުރުއާނުގެ އާޔަތްތަކަށް އިޙްތިރާމު ކުޑަކުރެވުން
ބައްލަވާ: الجامع الفريد (ص 45)