ސުވާލު

ޤިޔާމަތާ ހަމައަށްވެސް ޙައްޤުގެ މަތީގައި ތިބޭނެ، ނަޞްރު ލިބިގެންވާ ޖަމާޢަތެއްވާނެކަމުގައި ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވެއެވެ. އެއީ ކޮން ޖަމާޢަތެއް ހެއްޔެވެ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އެފަދަ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައި އެވަނީ ކަނޑައެޅިގެން ވަކި ޖަމާޢަތެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ޙައްޤުގެމަތީގައި ދެމިތިބޭ ޖަމާޢަތެއް ޤިޔާމަތާ ހަމައަށް އަބަދުވެސް އޮންނާނެކަމަށް އޭގެން ދަލާލަތު ކުރެއެވެ. އެގޮތުން އެޖަމާޢަތް އަބަދު އެއްތަނެއްގައި އޮތުން ލާޒިމެއް ނޫނެވެ. އެކި ޒަމާންތަކުގައި އެކި ރަށްތަކުގައިވެސް އެޖަމާޢަތް އޮވެދާނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއް ޒަމާނެއްގައި އެކި ރަށްތަކުގައިވެސް އެޖަމާޢަތް އޮވެދާނެއެވެ.

ބައްލަވާ: إتحاف الجماعة بما جاء في الفتن والملاحم وأشراط السا عة (1/332-335)