ސުވާލު

ކާހިނުންނަކީ ކޮބާތޯ؟ އަދި ކާހިނުކަމުގެ ޙުކުމަކީ ކޮބާތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ކާހިނުންނަކީ ޖިންނި ޝައިޠާނުންގެ އެހީގައި ޣައިބުގައިވާ ކަންކަން ހޯދުމަށް މަސައްކަތްކުރާ މީހުންނެވެ. މިއީ ޝިރުކު އެކުލެވިގެންވާ ޢަމަލަކަށްވުމުން، އިސްލާމުދީނުގައި މިކަންވަނީ ނަހީކުރެވިފައެވެ. މިކަމުގައި ޝިރުކު ހިމެނޭ ބައެއް ގޮތްތަކަކީ:

  • ﷲ ތަޢާލާއަށް ޚާއްޞަވެވޮޑިގެންނާ، ޣައިބުގެ ޢިލްމު އެނގޭކަމަށް އެފަދަ މީހުން ދަޢުވާކުރުން
  • އެފަދަމީހުން ﷲ ތަޢާލާ ފިޔަވާ އެހެންފަރާތްތަކަށް ކުއްތަންވެ، ޖިންނި ޝައިޠާނުންގެ ކިބައިން އެހީއާއި މަދަދު ހޯދުން

ބައްލަވާ: الجامع الفريد (ص 114-116)