ސުވާލު

حَسْبُنَا الله وَنِعْمَ الْوَكِيلُ ގެ މާނައަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

މިއީ ކީރިތި ޤުރުއާނުގެ آل عمران ސޫރަތުގެ 173 ވަނަ އާޔަތުގެ ބެއެކެވެ. މާނައީ: ”އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި ވަކީލުކުރެވޭ ފަރާތެއްގެ ގޮތުން އެއިލާހު ކިހާ ރަނގަޅު ހެއްޔެވެ.“ އިބްރާހީމް عليه السلام އަލިފާންގަނޑަށް އެއްލާލެވުނު ހިނދު އެކަލޭގެފާނު މިކަލިމަ ވިދާޅުވިއެވެ. އަދި ޤުރައިޝުންގެ ލަޝްކަރު ޖަމާވެއްޖެކަމަށް ނަބިއްޔާ صلى الله عليه وسلم އަށް މީސްތަކުން ބުނިހިނދު، އެކަލޭގެފާނުވެސް މިކަލިމަ ވިދާޅުވިއެވެ.

ބައްލަވާ: الجامع الفريد (ص 147)