ސުވާލު

بسم الله ގެ މާނައަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

بسم الله ގެ ލަފްޒީ މާނައަކީ: ﷲ ގެ އިސްމުފުޅުން ފަށަމެވެ.

އަދި މިޢިބާރާތުގެ ޝަރަޙައަކީ: ﷲ ގެ ޙަޟްރަތުން ބަރަކާތާއި ވާތްގަށް އެދެމުން، މިއަޅާގެ މިޢަމަލު ފަށަމެވެ.

ބައްލަވާ: معارج القبول (1/75)