الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ރަސޫލާ صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުނީ އެންމެހާ މީސްތަކުންގެ ގާތަށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ”ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.“ އަދި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ”ކުރީގެ ރަސޫލު ބޭކަލުން ފޮނުއްވުނީ ހަމައެކަނި އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު ފޮނުއްވުނީ އެންމެހާ މީސްތަކުންގެ ގާތަށެވެ.“ (رواه البخاري ومسلم)
ބައްލަވާ: معارج القبول (1/86)