ސުވާލު

ރަސޫލާ صلى الله عليه وسلم ގެ މައްޗަށް، ﷲ ތަޢާލާ ޞަލަވާތް ލެއްވުމުގެ މުރާދަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

އޭގެ މުރާދަކީ ﷲ ތަޢާލާ އެއިލާހުގެ މަލާއިކަތުންގެ އަރިހުގައި އެކަލޭގެފާނަށް ޘަނާގެބަސް ވަޙީކުރެއްވުމެވެ. މިމާނަ ދޭހަވާ އަޘަރެއް، އަބުލް ޢާލިޔާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ.

ބައްލަވާ: معارج القبول (1/88)