ސުވާލު

ނިފާޤުކަން ބެހިގެންވާ ބައިތަކަކީ ކޮބާ؟ އަދި މުނާފިޤުންގެ ޞިފަތަކަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޚުލާޞާގޮތަކަށް ބުނާނަމަ މުނާފިޤުންނަކީ މުސްލިމުންކަމަށް ދަޢުވާކުރާ ޙާލު އިސްލާމްދީނާ ޚިލާފަށް އުޅެ، މުސްލިމުންނަށް ގެއްލުންދޭ މީހުންނެވެ. ނިފާޤުކަން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިޢުތިޤާދުގެ ނިފާޤުކަން (އެބަހީ: ހިތުގެ އީމާންކަމެއް ނެތި ބޭރުފުށުން މުސްލިމަކަށް ހެދިގެން އުޅުން) އަދި ޢަމަލުގެ ނިފާޤުކަމެވެ. (އެބަހީ: ހިތުގެ އީމާންކަންހުރުމާއެކު މުނާފިޤުންގެ ބައެއް ޞިފަތަކުގައި އެބައިމީހުންނާ އެއްގޮތްވުމެވެ.) މުނާފިޤުންގެ ބައެއް ޞިފަތަކުގެ ތެރޭގައި ވާހަކައެއް ދައްކައިފިނަމަ ދޮގުހެދުމާއި ވަޢުދެއްކޮށްފިނަމަ އެއާ ޚިލާފުވުމާ އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރިވުން ހިމެނެއެވެ.

ބައްލަވާ: تحفة الإخوان لإبن باز (ص 47)