ސުވާލު

ޙިޖުރު އިސްމާޢީލުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޙިޖުރު ނުވަތަ ’ޙިޖުރު އިސްމާޢީލް‘ އޭ ކިޔާތަނުގައި ނަމާދުކުރުމަކީ މުސްތަޙައްބުކަމެކެވެ. އެއީ ކަޢުބަތުﷲ ގެފުޅުގެ ބައެކެވެ. ޢާއިޝާ رضي الله عنها އާ މުޚާޠަބުކުރައްވާ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ”ގެފުޅަށްވަނުމަށް ކަމަނާ އެދޭނަމަ، ޙިޖުރުގައި ނަމާދުކުރައްވާށެވެ. ފަހެ، އެއީވެސް ހަމަ ގެފުޅުގެ ބައެކެވެ.“ (رواه أبو داود والترمذي)

ބައްލަވާ: تحفة الإخوان لإبن باز (ص 56)