ސުވާލު

ސަޖިދައިގައި އޮންނައިރު ނޭފަތް ޖައްސަން ޖެހޭނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުގައިވަނީ އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ”أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ عَلَى الجَبْهَةِ، وَأَشَارَ بِيَدِهِ عَلَى أَنْفِهِ وَاليَدَيْنِ وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنٍ“  (رواه البخاري ومسلم) މާނައީ: ”ތިމަންކަލޭގެފާނަށް އަމުރު ވެވިގެންވަނީ ހަތް ގުނަވަނުގެ މަތީގައި ސަޖިދަ ކުރެއްވުމަށެވެ. އެއީ ނިތްކުރި – ދެން އެކަލޭގެފާނުގެ އަތްޕުޅުން ނޭފަތަށް އިޝާރާތް ކުރެއްވިއެވެ. – އަދި ދެއަތާއި ދެކަކުލާއި ދެފައިގެ އިނގިލިތަކެވެ.“