الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
މިސްކީނުންނަކީ އެބައެއްގެ އަސާސީ ޙާޖަތްތައް ފުއްދާނޭ މިންވަރުގެ ތަނަވަސްކަން ލިބިފައިނުވާ މީހުންނެވެ. އަދި ފަޤީރުންނަކީ އެއަށްވުރެވެސް ދަތި ޙާލުގައިވާ މީހުންނެވެ.
މިސްކީނުންނާއި ފަޤީރުންނަކީ ކޮބައިކަމާމެދު ފިޤުހު ޢިލްމުވެރިންގެ މައިގަނޑު ތިން ރައުޔެއް ވެއެވެ. އެތިން ރައުޔަކީ؛
- ފަޤީރުންނަކީ މިސްކީނުންނަށްވުރެ ޙާލަތު ތަންކޮޅެއް ތަނަވަސް މީހުންނެވެ. 2. މިސްކީނުންނަކީ ފަޤިރުންނަށްވުރެ ޙާލަތު ތަންކޮޅެއް ތަނަވަސް މީހުންނެވެ. 3. ފަޤީރުންނާއި މިސްކީނުންގެ ތަފާތެއްނެތެވެ. މިއެވެ. والله أعلم