ސުވާލު

ރަމަޟާންމަހު މަރުވެފައިވާ ގާތްތިމާގެ މީހާގެ ފަރާތުން ފިޠުރު ޒަކާތް ދައްކަންޖެހޭނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ފިޠުރު ޒަކާތް ވާޖިބުވަނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. މިގޮތުން ޒަކާތް ނެރެންޖެހެނީ އިރުއޮއްސޭއިރު ދުނިޔޭގައި ތިބި މީހުންގެ މަތީންނެވެ. ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސުމުގެ ކުރިން މަރުވެއްޖެނަމަ އެމީހެއްގެ ފަރާތުން ފިޠުރުޒަކާތް ނެރުން ވާޖިބެއް ނުވާނެއެވެ. والله أعلم