ސުވާލު

ރަމަޟާންމަހުގެ ޤަޟާ ރޯދައަށް ހުރެ އެއްވެސް ޢުޒުރެއްނެތި ރޯދަ ދޫކޮށްލުމުގެ ޙުކުމަކީ ކޮބާ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. ”މީހަކު އޭނާގެމައްޗަށް ފަރުޟުރޯޑައެއް މިސާލަކަށް ރަމަޟާންމަހުގައި ފާއިތުވެދިޔަ ރޯދަތައް ޤަޟާކުރުން ނުވަތަ ހުވާގެ ކައްފާރާ ރޯދަ ފަދަ ރޯދައެއް ހިފުމަށް ފަށައިގަތުމަށްފަހު އެއްވެސް ޝަރުޢީ ޢުޒުރެއްނެތި އެރޯދަ ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ.“

ބައްލަވާ: فتاوى الصيام (ص: 451)