ސުވާލު

ރަމަޟާންމަހުގެ ޤަޟާ ރޯދައަށް ހުރެ އެއްވެސް ޢުޒުރެއްނެތި ރޯދަ ދޫކޮށްލައިފިނަމަ ކައްފާރާ ދޭންޖެހޭނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޢުޒުރެއްނެތި ޤަޟާރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލައިފިނަމަ އެމީހެއްގެ މައްޗަށް ވަނީ އެކުރި ފާފައަށް ތައުބާވެ އިސްތިޣުފާރު ކުރުމެވެ. އަދި އެ ދޫކޮށްލި ރޯދަ އަލުން ޤަޟާކުރުމެވެ. މިކަމަށް ވަކި ކައްފާރާއެއް ކަނޑައެޅިފައެއް ނެތެވެ.

ބައްލަވާ: فتاوى الصيام لابن عثيمين (ص: 451)