ޙަޤީޤަތުގައި ﷲ މަޢުރިފާކޮށް އެނގޭނަމަ މިސްކިތްތަކެއް ހުހަކަށް ނުހުންނާނެ: އައްޝައިޚް އަހްމަދު ސަމީރު
ޙަޤީޤަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މަޢުރިފާކޮށް އަޅުގަނޑުމެންނަށް އެނގޭނަމަ، މިސްކިތްތަކެއް ހުހަކަށް ނުހުންނާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2026” އިފްތިތާޙުކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، “އޭ ދަރިފުޅާއެވެ!” މި މައުޟޫޢަށް ކުރިއަށްގެންދިޔަ ޚާއްޞަ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ. މާތް ﷲ މަޢުރިފާކޮށް ދެނެގަތުމަކީ، ޙަޤީޤީ މާނައިގައި ދެނެގަތުމަކީ ކޮބައިތޯ ކުރެވުނު…


















